ދިވެހިރާއްޖެ
މި މިނިސްޓްރީގައި އެޗް.އާރް. ސިސްޓަމްއެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/244) އިޢުލާނާ ގުޅިގެން މައުލޫމާތު ދެވޭ ދުވަހަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރު 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
15 ޛުލްޙިއްޖާ 1436