މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/280
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 08 އޮކްޓޫބަރު 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެޗް.އާރް. ސިސްޓަމެއް ޤާއިމުކުރުމާބެހޭ

މި މިނިސްޓްރީގައި އެޗް.އާރް. ސިސްޓަމްއެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރު IUL)138-AS6/1/2015/244) އިޢުލާނާ ގުޅިގެން މައުލޫމާތު ދެވޭ ދުވަހަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ މެންދުރު 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ޛުލްޙިއްޖާ 1436

29 ސެޕްޓެންބަރު 2015