ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
އިންޓާރނަލް އޮޑިޓް
|
މަޤާމް:
|
އޮޑިޓަރ
|
ބޭނުންވާ ޢަދަދު:
|
2
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ބެޗެލާރސް ޑިގްރީ / އޭ.ސީ.ސީ.އޭ ފުރިހަމަ ކޮށްފައިވުމާއި އެކު އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ޙާޞިލުކޮށްފައި ވުމާއެކު 2 އަހަރު ދުވަހުގެ ތަޖރިބާ ލިބިފައިވުން.
- އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އޮޑިޓާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އޮޑިޓް ޕްލޭން އޮޑިޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރު ކުރުން.
- އޮޑިޓްތައް އޮޑިޓް ޕްލޭނާ އެއްގޮތަށް އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.
- އޮޑިޓާ ގުޅޭގޮތުން ތައްޔާރުކުރެވޭ މަސައްކަތު ކަރުދާސްތައް ތައްޔާރު ކުރުން.
- އޮޑިޓްގައި ފާހަގަ ކުރެވޭ މައްސަލަތަކުގެ މަޝްވަރާ ކަރުދާސް ތައްޔާރު ކުރުން.
- އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން ބޭނުންވާ ހެކި ހޯދުން.
- · އޮފީހުގެ މަސައްކަތާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
- ކުންފުނިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މައިގަނޑު މަގުސަދުތަކާއި ކަންތައްތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރުން.
- ޗީފް އިންޓާރނަލް އޮޑިޓަރ އާއި ސީނިއަރ މެނޭޖަރާއި އޮޑިޓް މެނޭޖަރު ހަވާލުކުރާ އެހެނިހެން މަސަތްކަތްތަކުގައި ބައިވެރިވުން.
- އިންޓާރނަލް އޮޑިޓްގެ އިދާރީ މަސައްކަތްތަކުގައި ސެކްޝަނުގެ މުވައްޒަފުންނަށް އެހީތެރިވުން.
- އިންޓަރނަލް އޮޑިޓް މަސައްކަތުގެ ދާއިރާއަށް ފަންނީ ގޮތުން އަންނަ ބަދަލުތައް ބަލައި އެ ބަދަލުތަކަށް އަހުލުވެރިވުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
03 އޮގަސްޓު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 03 އޮގަސްޓު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
29 މުޙައްރަމް 1447
24 ޖުލައި 2025
|