ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/150
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 03 އޮގަސްޓް 2025 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންޓާރނަލް އޮޑިޓް

މަޤާމް:

އޮޑިޓަރ

ބޭނުންވާ ޢަދަދު:

2

މުސާރަ:  

-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ބެޗެލާރސް ޑިގްރީ / އޭ.ސީ.ސީ.އޭ ފުރިހަމަ ކޮށްފައިވުމާއި އެކު އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން  މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ޙާޞިލުކޮށްފައި ވުމާއެކު  2 އަހަރު ދުވަހުގެ ތަޖރިބާ ލިބިފައިވުން.
  • އޮޑިޓިންގ ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކޮށްފައިވުމާއެކު 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • އޮޑިޓާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އޮޑިޓް ޕްލޭން އޮޑިޓް މެނޭޖަރުގެ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރު ކުރުން. 
  • އޮޑިޓްތައް އޮޑިޓް ޕްލޭނާ އެއްގޮތަށް އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.  
  • އޮޑިޓާ ގުޅޭގޮތުން ތައްޔާރުކުރެވޭ މަސައްކަތު ކަރުދާސްތައް ތައްޔާރު ކުރުން.
  • އޮޑިޓްގައި ފާހަގަ ކުރެވޭ މައްސަލަތަކުގެ މަޝްވަރާ ކަރުދާސް ތައްޔާރު ކުރުން.
  • އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން ބޭނުންވާ ހެކި ހޯދުން.
  • ·         އޮފީހުގެ މަސައްކަތާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުންފުނިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި މައިގަނޑު މަގުސަދުތަކާއި ކަންތައްތައް ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރުން.
  • ޗީފް އިންޓާރނަލް އޮޑިޓަރ އާއި ސީނިއަރ މެނޭޖަރާއި އޮޑިޓް މެނޭޖަރު ހަވާލުކުރާ އެހެނިހެން މަސަތްކަތްތަކުގައި ބައިވެރިވުން.
  • އިންޓާރނަލް އޮޑިޓްގެ އިދާރީ މަސައްކަތްތަކުގައި ސެކްޝަނުގެ މުވައްޒަފުންނަށް އެހީތެރިވުން.
  • އިންޓަރނަލް އޮޑިޓް މަސައްކަތުގެ ދާއިރާއަށް ފަންނީ ގޮތުން އަންނަ ބަދަލުތައް ބަލައި އެ ބަދަލުތަކަށް އަހުލުވެރިވުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

03 އޮގަސްޓު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 03 އޮގަސްޓު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

29 މުޙައްރަމް 1447

24 ޖުލައި 2025

24 ޖުލައި 2025