2026 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2026 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.
|
ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލަރގައި ކަނޑައަޅާފައިވާ އުސޫލުތައް ތިރީގައި ޙިއްސާކޮށްފައި އެވަނީއެވެ.
|
ގްރޭޑް
|
2026 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރުފުރާތަށް
|
އެލް.ކޭ.ޖީ
|
- 2025 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
- އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.
|
ޔޫ.ކޭ.ޖީ
|
- 2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި،
- 2025 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.
|
ގްރޭޑް 1
|
- 2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން، އަދި
- 2025 ވަނަ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.
- އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
- އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
- ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
|
|
ފޯމް ހުށަހެޅުމާއި، ފޯމް ބަލައިގަތުން
|
- ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
- ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ، 31 އޯގަސްޓް 2025ވާއާދިއްތަދުވަހުގެ 12:00 ގެކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލުން ހުށަހަޅުއްވާނަމަ، [email protected] އަށް ފޯމް ފޮނުއްވުން އެދެމެވެ.
- އީމެއިލުން ފޮނުވާ ފޯމްތައް ބަލައިގަންނާނީ، ޕީ.ޑީ.އެފް ފޯމެޓުގައި އެއް ޑޮކިއުމަންޓެއް ގޮތަށް، ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އެއްކަރުދާސްކޮށް، ފޮނުވާފައިވާ ފޯމުތަކެވެ. އަދި އީމެއިލް ކުރައްވާއިރު، އީމެއިލް ސަބްޖެކްޓްގައި ސްކޫލު އެޑްމިޝަނަށްއެދި ކަމަށް އެނގޭނެފަދަ ގޮތަކަށް ޖައްސަވަންވާނެއެވެ.
- މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ.
|