ޢާންމު މަޢުލޫމާތު
ނަންބަރު: GS117/IUL/2025/14
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 31 އޮގަސްޓް 2025 12:00
މަގޫދޫ ސްކޫލް/ނ.މަގޫދޫ
ދިވެހިރާއްޖެ
2026 ވަނަ ދިރާސީ އަހަރު މަގޫދޫ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

   2026 ވަނަ ދިރާސީ އަހަރު މަގޫދޫ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން

 

2026 ވަނަ ދިރާސީ އަހަރު މި ސްކޫލަށް ކުދިން ވެއްދުމަށް ފުރުޞަތު ހުޅުވާލަމެވެ. ސްކޫލަށް ކުދިން ވެއްދޭނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 2026 ވަނަ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމާގުޅޭ ސަރކިއުލާއާ އެއްގޮތަށެވެ.

ސްކޫލަށް ކުދިން ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އުމުރުފުރާ ބަލާނެގޮތާއި، ސަރކިއުލަރގައި ކަނޑައަޅާފައިވާ އުސޫލުތައް ތިރީގައި ޙިއްސާކޮށްފައި އެވަނީއެވެ.

ގްރޭޑް

2026 ވަނަ ދިރާސީ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރުފުރާތަށް

އެލް.ކޭ.ޖީ

 

  • 2025 ވަނަ އަހަރުގެ ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން
  • އެލް.ކޭ.ޖީއަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ކުއްޖާއަށް ދެވިދާނެއެވެ.

 

ޔޫ.ކޭ.ޖީ

 

     

  • 2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި،

 

  • 2025 ވަނަ ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026  ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ޔޫ.ކޭ.ޖީއަށް ބަދަލުކުރެވޭނެއެވެ.

ގްރޭޑް 1

 

     

  • 2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން، އަދި

 

  • 2025 ވަނަ ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަކޮށްފައިވާ ހުރިހާ ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު (27 ޖަނަވަރީ 2026 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލުކުރެވޭނެއެވެ.
  • އެއްވެސް ކުއްޖަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަ ވެފައިތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭފަހުން 4 އަހަރު ވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.
 

ފޯމް ހުށަހެޅުމާއި، ފޯމް ބަލައިގަތުން

 

  • ދަރިވަރުން ސްކޫލަށް ވެއްދުމަށް ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި [email protected] އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
  • ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ، 31 އޯގަސްޓް 2025ވާއާދިއްތަދުވަހުގެ 12:00 ގެކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލުން ހުށަހަޅުއްވާނަމަ، [email protected]  އަށް ފޯމް ފޮނުއްވުން އެދެމެވެ.
  • އީމެއިލުން ފޮނުވާ ފޯމްތައް ބަލައިގަންނާނީ، ޕީ.ޑީ.އެފް ފޯމެޓުގައި އެއް ޑޮކިއުމަންޓެއް ގޮތަށް، ސްކޫލު އެޑްމިޝަން ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އެއްކަރުދާސްކޮށް، ފޮނުވާފައިވާ ފޯމުތަކެވެ.  އަދި އީމެއިލް ކުރައްވާއިރު، އީމެއިލް ސަބްޖެކްޓްގައި ސްކޫލު އެޑްމިޝަނަށްއެދި ކަމަށް އެނގޭނެފަދަ ގޮތަކަށް ޖައްސަވަންވާނެއެވެ.
  • މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ.

 

 

20 ޖުލައި 2025