ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

އިޢުލާން

 

ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މަޖިލިހެވެ. މި މަޖިލީހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު ޢައްޔަނުކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. މިގޮތުން، އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ކައުންސިލަށް މެންބަރަކު ބޭނުންވެފައިވާތީ، ޝަރުޠު ހަމަވާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމަށް ހުޅުވާލަމެވެ.

ޝަރުޠުތައް:

  • އެކައުންޓިންގ އެންޑް ފައިނޭންސްގެ މެނޭޖީރިއަލް ފެންވަރުގެ ތަޖުރިބާ ލިބިފައިވުން
  • ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
  • ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)
  • ޔުނިވަރސިޓީއަށް ނުވަތަ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔައަށް މާލީ މަންފާއެއް ކުރާ މަސައްކަތެއްކޮށްދޭ ފަރާތެއްކަމުގައި ނުވުން

އިތުރު ޝަރުޠުތައް (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ):

  • ޢުމުރުން 18 އަހަރު ފުރިފައިވުން
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
  • ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
  • އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން

މެންބަރުކަމުގެ ޢިނާޔަތްތައް:

ކައުންސިލުގެ ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވޭނެއެވެ.

ޝައުގުވެރިކަން ހުށަހަޅާނެ ގޮތް:

ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި އިޢުލާނާއެކު ހިމެނިފައިވާ އިޤްރާރު ފޯމު ފުރިހަމަކުރުމަށްފަހު، 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3345125 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑިއަށްފަހު ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް:

ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.

 

25 މުޙައްރަމް 1447

20 ޖުލައި 2025

20 ޖުލައި 2025
ހޯދާ