ދިވެހިރާއްޖެ
އިޢުލާން
ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރެއް ޢައްޔަނުކުރުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަކީ، ޔުނިވަރސިޓީ ހިންގުމުގެ އެންމެ އިސް މަޖިލިހެވެ. މި މަޖިލީހުގައި މަތީ ތަޢުލީމާބެހޭ ވަޒީރު ޢައްޔަނުކުރާ ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. މިގޮތުން، އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ކައުންސިލަށް މެންބަރަކު ބޭނުންވެފައިވާތީ، ޝަރުޠު ހަމަވާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހުށަހެޅުމަށް ހުޅުވާލަމެވެ.
ޝަރުޠުތައް:
- އެކައުންޓިންގ އެންޑް ފައިނޭންސްގެ މެނޭޖީރިއަލް ފެންވަރުގެ ތަޖުރިބާ ލިބިފައިވުން
- ޔުނިވަރސިޓީ ކައުންސިލާއި ކައުންސިލުގެ ސަބް ކޮމިޓީތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތަކަށްވުން
- ވޮލަންޓަރީ މަސައްކަތުގެ ތަޖުރިބާ ހުރުން (އިސްކަންދެވޭނެ)
- ޔުނިވަރސިޓީއަށް ނުވަތަ ޔުނިވަރސިޓީގެ ކުންފުނި ޔުނިވިޔައަށް މާލީ މަންފާއެއް ކުރާ މަސައްކަތެއްކޮށްދޭ ފަރާތެއްކަމުގައި ނުވުން
އިތުރު ޝަރުޠުތައް (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ):
- ޢުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- މުސްލިމަކު ކަމުގައިވުމާއެކު، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި، ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤު ހުރި މީހަކު ކަމުގައިވުން
- ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- އިފްލާސްކުރެވިފައިވާ މީހަކު ކަމުގައި ނުވުން
މެންބަރުކަމުގެ ޢިނާޔަތްތައް:
ކައުންސިލުގެ ކޮންމެ ޖަލްސާއަކަށް ހާޒިރުވުމުން -/1000 (އެއްހާސް) ރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވޭނެއެވެ.
ޝައުގުވެރިކަން ހުށަހަޅާނެ ގޮތް:
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސޮއިކޮށްފައިވާ ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މި އިޢުލާނާއެކު ހިމެނިފައިވާ އިޤްރާރު ފޯމު ފުރިހަމަކުރުމަށްފަހު، 7 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3345125 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑިއަށްފަހު ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް:
ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ޢައްޔަނުކުރަނީ މަތީ ތަޢުލީމަށް ޒިންމާވާ ވަޒީރެވެ. މެންބަރުން ޢައްޔަނުކުރަނީ، ޔުނިވަރސިޓީ ކައުންސިލްގެ ނޮމިނޭޝަން ކޮމިޓީއިން އެކުލަވާލާ ލިސްޓެއްގެ ތެރެއިންނެވެ.
25 މުޙައްރަމް 1447
20 ޖުލައި 2025