ދިވެހިރާއްޖެ
އިޢުލާން
ހއ.އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރު (IUL)248-ESMSMS/248/2025/44 (10 ޖޫން 2025) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން، ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެނިޔަލަށް އިތުރުކޮށްފީމެވެ. އަދި ބަންޑާރަ ގޯއްޗަށް އެދޭ ފޯމާ އެކީގައި ހުށަހަޅާ އިހަވަންދޫގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.