ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSMS/248/2025/63
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 24 ޖުލައި 2025 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ހއ.އިހަވަންދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

 މިއިދާރާގެ ނަންބަރު (IUL)248-ESMSMS/248/2025/44 (10‏ ޖޫން‏ 2025) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

 ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން، ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

 ވީމާ، ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެނިޔަލަށް އިތުރުކޮށްފީމެވެ. އަދި ބަންޑާރަ ގޯއްޗަށް އެދޭ ފޯމާ އެކީގައި ހުށަހަޅާ އިހަވަންދޫގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖުލައި 20 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 ޖުލައި 2025