މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރުތަ ފުޓްސަލް މުބާރާތް 2025 ކުރިއަށްދާއިރު ކުއްޔަށް މޭޒު ދޫކުރުމާއިގުޅޭ

އަރުތަ ފުޓްސަލް މުބާރާތް 2025 ކުރިއަށްދާއިރު ކުއްޔަށް މޭޒު ދޫކުރުމާއިގުޅޭ

 

އަރުތަ ފުޓްސަލް މުބާރާތް ކުރިއަށްދާއިރު، ވިޔަފާރި އުޞޫލުން ތަކެތި ވިއްކުމަށްޓަކައި އެސަރަޙައްދުން 10 މޭޒު ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

-         މޭޒުތައް ހުޅުވާފައި ބެހެއްޓޭނީ މުބާރާތުގެ މުއްދަތުގައި ހަވީރު 15:30 – ރޭގަނޑު 12:00 އަށެވެ.   

-         މޭޒު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޑް އުޞޫލުން އެންމެ މަތީ އަގު ހުށައަޅާ 10 ފަރާތަށެވެ.

-         މޭޒު ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 500.00 ރުފިޔާއެވެ.

-         މޭޒުތަކަށް ކައުންސިލުން ކަރަންޓް ފޯރުކޮށްދޭނެއެވެ. ނަމަވެސް ކަރަންޓަށް މޭޒު ނަގާ ފަރާތުން ރުފިޔާ ދައްކަން ޖެހޭނެއެވެ. (ކަރަންޓަށް ނެގޭނެ އަގުތައް 2 ފަރާތް މަޝްވަރާކުރުމަށްފަހު ފަހުން އެންގޭނެއެވެ.)

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޟިރުވެ ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.

09 ޖުލައި 2025
ހޯދާ