ދިވެހިރާއްޖެ
އަރުތަ ފުޓްސަލް މުބާރާތް 2025 ކުރިއަށްދާއިރު ކުއްޔަށް މޭޒު ދޫކުރުމާއިގުޅޭ
އަރުތަ ފުޓްސަލް މުބާރާތް ކުރިއަށްދާއިރު، ވިޔަފާރި އުޞޫލުން ތަކެތި ވިއްކުމަށްޓަކައި އެސަރަޙައްދުން 10 މޭޒު ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
- މޭޒުތައް ހުޅުވާފައި ބެހެއްޓޭނީ މުބާރާތުގެ މުއްދަތުގައި ހަވީރު 15:30 – ރޭގަނޑު 12:00 އަށެވެ.
- މޭޒު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޑް އުޞޫލުން އެންމެ މަތީ އަގު ހުށައަޅާ 10 ފަރާތަށެވެ.
- މޭޒު ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 500.00 ރުފިޔާއެވެ.
- މޭޒުތަކަށް ކައުންސިލުން ކަރަންޓް ފޯރުކޮށްދޭނެއެވެ. ނަމަވެސް ކަރަންޓަށް މޭޒު ނަގާ ފަރާތުން ރުފިޔާ ދައްކަން ޖެހޭނެއެވެ. (ކަރަންޓަށް ނެގޭނެ އަގުތައް 2 ފަރާތް މަޝްވަރާކުރުމަށްފަހު ފަހުން އެންގޭނެއެވެ.)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު، 2025 ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޟިރުވެ ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.