ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް ބޭސިކް ކޯސް އިޢުލާންކުރުން

އިޢުލާން

 

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

ފެކަލްޓީ އޮފް އާޓްސް

ޖަޕަނީސް ލޭންގުއޭޖް ބޭސިކް

 

:ކޯސް ފެށޭ ތާރީޚު 

 25 އޮގަސްޓް 2025

:ކޯސް ހިންގޭނެ ގޮތް 

 ކުލާސްތަކަށް ހާޒިރުވެގެން

:ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް 

 ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 15:00 އިން 17:00 އަށް

:ޖާގައިގެ ޢަދަދު 

 30

:ކޯހުގެ މުއްދަތު 

 15 ހަފުތާ

:އުމުރުފުރާ 

 12 އަހަރުން މަތި

:ކޯސް ފީ 

 -/900

 

ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:

Application Form - Japanese Language Basic

 

13 މުޙައްރަމް 1447

08 ޖުލައި 2025
ހޯދާ