ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އާޓްސް
ޖަޕަނީސް ލޭންގުއޭޖް ބޭސިކް
| :ކޯސް ފެށޭ ތާރީޚު | 25 އޮގަސްޓް 2025 | 
| :ކޯސް ހިންގޭނެ ގޮތް | ކުލާސްތަކަށް ހާޒިރުވެގެން | 
| :ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް | ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 15:00 އިން 17:00 އަށް | 
| :ޖާގައިގެ ޢަދަދު | 30 | 
| :ކޯހުގެ މުއްދަތު | 15 ހަފުތާ | 
| :އުމުރުފުރާ | 12 އަހަރުން މަތި | 
| :ކޯސް ފީ | -/900 | 
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
Application Form - Japanese Language Basic
13 މުޙައްރަމް 1447