މަޤާމް:
|
ފައިނޭންޝަލް ލިޓްރަސީ ކޮންސަލްޓަންޓް
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް އިންކްލޫޝަން ސެކްޝަން / ފައިނޭންޝަލް އިންކްލޫޝަން އެންޑް ކޮންސިއުމަރ ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)- ކޮންޓްރެކްޓް ވަޒީފާ
|
މުއްދަތު:
|
ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ. (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ.)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ މާރކެޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންއާ ގުޅުންހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
- މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ ޕަބްލިކް ރިލޭޝަންސް ނުވަތަ ކެޕޭސިޓީ ބިލްޑިންގ/ޓްރޭނިންގ ނުވަތަ މާލީ ދާއިރާގައި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މެނޭޖީރިއަލް ލެވެލްގެ މަގާމެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ފައިނޭންޝަލް އިންކްލޫޝަން އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންޝަލް ލިޓްރަސީ ޕްލޭނެއް އެކުލަވާލުމާއި، އެ ޕްލޭން އަމަލީ ގޮތުން ތަންފީޒުކުރުމާއި، އޭގެ ކުރިއެރުން ބެލުމާއި މިކަންކަމާ ގުޅޭ ފަންނީ ލަފާ ފޯރުކޮށްދިނުން.
- ފައިނޭންޝަލް ލިޓްރަސީގެ ހަރަކާތްތައް އަދި ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްތައް ސްޓޭކްހޯލްޑަރުންނާ ގުޅިގެން ރާވާ ހިންގުން.
|
މުސާރަޔާއި އިނާޔަތްތައް
|
35,000.00 – 40,000.00 ރުފިޔާ
|
މަޤާމް:
|
ޑެޕިއުޓީ މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
އިސްލާމިކް ފައިނޭންސް ސެކްޝަން / ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް އެންޑް ލައިސެންސިންގ ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އިސްލާމިކް ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުން.
- މާލީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު މަސައްކަތްކޮށްފައިވުން. މީގެ ތެރެއިން އިސްލާމިކް ފައިނޭންސް، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް، ފައިނޭންޝަލް ރެގިއުލޭޝަން ނުވަތަ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިސްލާމިކް ފައިނޭންސްގެ ގާނޫނުތަކާއި، ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސް ފްރޭމްވާރކްސް ތަކާއި ސްޓެންޑަރޑްތައް އަދި ގައިޑްލައިންތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްކުރުން.
- އިސްލާމީ މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ ރެގިއުލޭޓަރީ ރިފޯރމްތަކާއިބެހޭ ލަފާދިނުމުގައި އެހީތެރިވުން އަދި އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް އާއި ވިންޑޯ ތަކަށް ލައިސެންސް ދިނުމާއި މޮނިޓަރ ކުރުމުގެ ޓެކްނިކަލް މަސައްކަތްކުރުން.
|
މުސާރަޔާއި އިނާޔަތްތައް
|
26,000.00 – 27,800.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ނުވަތަ އެކައުންޓިން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުމާއި، އެނަލައިޒްކުރުމާއި އަދި ދިމާވާ މައްސަލަތައް ހައްލުކުރުން.
- އެމްއެމްއޭގެ ހުރިހާ ފައިނޭންޝަލް ޓްރާންސެކްޝަންސްތަކުގެ އެންޓްރީސްތަކަކީ އިންޓަރނޭޝަނަލް އެކައުންޓިން ސްޓެންޑަރޑްސް އަދި އެމްއެމްއޭގެ ޤާނޫނާ އެއްގޮތަށް ކުރެވޭ ޓްރާންސެކްޝަންތަކެއް ކަން ޔަޤީންކުރުން.
- އެކައުންޓިން ކޮންޓްރޯލްސް ތަކުގެ ޕްރޮސީޖާތައް އެކުލަވާލުމާއި އެ ޕްރޮސީޖާތައް ގާއިމްކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުމާއި ފައިނޭންޝަލް ޑޭޓާބޭސް އެއް ގާއިމު ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
- އެކައުންޓިން އަދި ސިސްޓަމް ރިޕޯޓުތަކުގެ އެކިއުރަސީ އަދި ފުރިހަމަކަން ޗެކުކުރުން.
- ކުއަރޓަރލީ ބަޖެޓު ޕާރފޯމަންސް އެނަލައިޒްކުރުން.
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
އޮން-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ އިކޮނޮމިކްސްއާ ގުޅުންހުރު ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ބޭންކް ތަކާއި އެހެނިހެން މާލީ އިދާރާތަކުގެ އޮން-ސައިޓް ސުޕަރވިޜަން ހިންގުމާއި، އޮން-ސައިޓް އެގްޒެމިނޭޝަން ރިޕޯޓުތައް ތައްޔާރުކުމުގެ މަސައްކަތްކުރުމާއި ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލްތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލާ ދިރާސާކުރުން.
- އެކައުންޓިން އޮން-ސައިޓް އެގްޒެމިނޭޝަން މެނުއަލްތަކާއި ޕްރޮސީޖާރސް ޑިވެލޮޕް ކުރުމާއި އަޕްޑޭޓް ކުރުމުގައި އެހީތެރިވެދިނުން.
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
މަޤާމް:
|
އެސިސްޓެންޓް މެނޭޖަރ
|
ސެކްޝަން/ޑިވިޜަން:
|
ފައިނޭންޝަލް ސްޓެބިލިޓީ އެންޑް މެކްރޮޕޮރޫޑެންޝަލް ޕޮލިސީ ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
|
- އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ އިކޮނޮމިކްސް ނުވަތަ ރިސްކް މެނޭޖްމަންޓްއާ ގުޅުންހުރު ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
- މާލީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- އިންޓަރނޭޝަނަލް ސްޓެންޑަރޑްސްއާ އެއްގޮތަށް ބޭންކް ތަކަށް ޕޮލިސީތައް، ރެގިއުލޭޝަންތައް އަދި ގައިޑްލައިންތައް ޑްރާފްޓްކުރުމުގައި އެހީތެރިވެދިނުން.
- ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ނިޒާމީ ރިސްކު މޮނިޓަރކުރުމާއި ދިރާސާކުރުމަށް އެހީތެރިވެދިނުން.
- އެތެރޭގެ އަދި ބޭރުގެ ބޭނުންތަކަށް ދިރާސާ ރިޕޯޓުތަކާއި، ވޯރކިންގ ޕޭޕަރތަކާ ޕޮލިސީ ބްރީފްތައް ތައްޔާރުކުރުން.
|
މުސާރަޔާއި އިނާޔަތްތައް
|
20,500.00 – 22,300.00 ރުފިޔާ
|
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
- އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
- ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
- ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
- ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން
|
ސުންގަޑި
|
14 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް
|