ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2025/11851
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 14 ޖުލައި 2025 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ފައިނޭންޝަލް ލިޓްރަސީ ކޮންސަލްޓަންޓް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންކްލޫޝަން ސެކްޝަން / ފައިނޭންޝަލް އިންކްލޫޝަން އެންޑް ކޮންސިއުމަރ ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)-  ކޮންޓްރެކްޓް ވަޒީފާ

މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ. (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ މާރކެޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންއާ ގުޅުންހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ނުވަތަ ޕަބްލިކް ރިލޭޝަންސް ނުވަތަ ކެޕޭސިޓީ ބިލްޑިންގ/ޓްރޭނިންގ ނުވަތަ މާލީ ދާއިރާގައި އެއާ ގުޅުންހުރި މަސައްކަތްތައް ކުރުމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މެނޭޖީރިއަލް ލެވެލްގެ މަގާމެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ފައިނޭންޝަލް އިންކްލޫޝަން އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންޝަލް ލިޓްރަސީ ޕްލޭނެއް އެކުލަވާލުމާއި، އެ ޕްލޭން އަމަލީ ގޮތުން ތަންފީޒުކުރުމާއި، އޭގެ ކުރިއެރުން ބެލުމާއި މިކަންކަމާ ގުޅޭ ފަންނީ ލަފާ ފޯރުކޮށްދިނުން.
  • ފައިނޭންޝަލް ލިޓްރަސީގެ ހަރަކާތްތައް އަދި ހޭލުންތެރިކަން އިތުރުކުމުގެ ޕްރޮގްރާމްތައް ސްޓޭކްހޯލްޑަރުންނާ ގުޅިގެން ރާވާ ހިންގުން.

މުސާރަޔާއި އިނާޔަތްތައް

35,000.00 – 40,000.00 ރުފިޔާ

މަޤާމް:

ޑެޕިއުޓީ މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އިސްލާމިކް ފައިނޭންސް ސެކްޝަން / ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް އެންޑް ލައިސެންސިންގ ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިސްލާމިކް ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • މާލީ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު މަސައްކަތްކޮށްފައިވުން. މީގެ ތެރެއިން އިސްލާމިކް ފައިނޭންސް، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް، ފައިނޭންޝަލް ރެގިއުލޭޝަން ނުވަތަ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިސްލާމިކް ފައިނޭންސްގެ ގާނޫނުތަކާއި، ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސް ފްރޭމްވާރކްސް ތަކާއި ސްޓެންޑަރޑްތައް އަދި ގައިޑްލައިންތައް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްކުރުން.
  • އިސްލާމީ މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ ރެގިއުލޭޓަރީ ރިފޯރމްތަކާއިބެހޭ ލަފާދިނުމުގައި އެހީތެރިވުން އަދި އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަންސް އާއި ވިންޑޯ ތަކަށް ލައިސެންސް ދިނުމާއި މޮނިޓަރ ކުރުމުގެ ޓެކްނިކަލް މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

26,000.00 – 27,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ނުވަތަ އެކައުންޓިން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުމާއި، އެނަލައިޒްކުރުމާއި އަދި ދިމާވާ މައްސަލަތައް ހައްލުކުރުން.
  • އެމްއެމްއޭގެ ހުރިހާ ފައިނޭންޝަލް ޓްރާންސެކްޝަންސްތަކުގެ އެންޓްރީސްތަކަކީ އިންޓަރނޭޝަނަލް އެކައުންޓިން ސްޓެންޑަރޑްސް އަދި އެމްއެމްއޭގެ ޤާނޫނާ އެއްގޮތަށް ކުރެވޭ ޓްރާންސެކްޝަންތަކެއް ކަން ޔަޤީންކުރުން.
  • އެކައުންޓިން ކޮންޓްރޯލްސް ތަކުގެ ޕްރޮސީޖާތައް އެކުލަވާލުމާއި އެ ޕްރޮސީޖާތައް ގާއިމްކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުމާއި ފައިނޭންޝަލް ޑޭޓާބޭސް އެއް ގާއިމު ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • އެކައުންޓިން އަދި ސިސްޓަމް ރިޕޯޓުތަކުގެ އެކިއުރަސީ އަދި ފުރިހަމަކަން ޗެކުކުރުން.
  • ކުއަރޓަރލީ ބަޖެޓު ޕާރފޯމަންސް އެނަލައިޒްކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮން-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ އިކޮނޮމިކްސްއާ ގުޅުންހުރު ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކް ތަކާއި އެހެނިހެން މާލީ އިދާރާތަކުގެ އޮން-ސައިޓް ސުޕަރވިޜަން ހިންގުމާއި، އޮން-ސައިޓް އެގްޒެމިނޭޝަން ރިޕޯޓުތައް ތައްޔާރުކުމުގެ މަސައްކަތްކުރުމާއި ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލްތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލާ ދިރާސާކުރުން.  
  • އެކައުންޓިން އޮން-ސައިޓް އެގްޒެމިނޭޝަން މެނުއަލްތަކާއި ޕްރޮސީޖާރސް ޑިވެލޮޕް ކުރުމާއި އަޕްޑޭޓް ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް ސްޓެބިލިޓީ އެންޑް މެކްރޮޕޮރޫޑެންޝަލް ޕޮލިސީ ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިންގ ނުވަތަ ބޭންކިންގ ނުވަތަ ފައިނޭންސް ނުވަތަ އިކޮނޮމިކްސް ނުވަތަ ރިސްކް މެނޭޖްމަންޓްއާ ގުޅުންހުރު ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • މާލީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޓަރނޭޝަނަލް ސްޓެންޑަރޑްސްއާ އެއްގޮތަށް ބޭންކް ތަކަށް ޕޮލިސީތައް، ރެގިއުލޭޝަންތައް އަދި ގައިޑްލައިންތައް ޑްރާފްޓްކުރުމުގައި އެހީތެރިވެދިނުން.
  • ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ނިޒާމީ ރިސްކު މޮނިޓަރކުރުމާއި ދިރާސާކުރުމަށް އެހީތެރިވެދިނުން.
  • އެތެރޭގެ އަދި ބޭރުގެ ބޭނުންތަކަށް ދިރާސާ ރިޕޯޓުތަކާއި، ވޯރކިންގ ޕޭޕަރތަކާ ޕޮލިސީ ބްރީފްތައް ތައްޔާރުކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި (ޓްރާންސްކްރިޕްޓްގެ ކޮޕީއާއެކު)
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

14 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

07 ޖުލައި 2025