މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.ކިއު.އޭ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ

 

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ. 

  • ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: އުމަރު ޒާހިރު އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ / ހުޅުމާލެ
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި:  14 ޖުލައި 2025 ވާ ހޯމަ ދުވަހު 11:30 ގައި
  • ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
  • އަގު ހުށަހެޅުން: އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
  • މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3026676
  • ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް  https://bp.finance.gov.mv/ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

 ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

03 ޖުލައި 2025
ހޯދާ