ނީލަން
ނަންބަރު: (IUL)218-Admin/1/2025/3
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
14 ޖުލައި 2025 11:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.ކިއު.އޭ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއިގުޅޭ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: އުމަރު ޒާހިރު އޮފީސް ބިލްޑިންގ 5 ވަނަ ފަންގިފިލާ / ހުޅުމާލެ
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 14 ޖުލައި 2025 ވާ ހޯމަ ދުވަހު 11:30 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- އަގު ހުށަހެޅުން: އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިންނެވެ.
- މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3026676
- ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
- ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv/ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
03 ޖުލައި 2025