ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢަރަބި ބަހުގެ ކްރޭޝް" ކޯހުގައިބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ 8:00 އިން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
| ކޯސް އޮންނާނެ ތާރީޚާއި ދަންފަޅި: | 2025 ޖުލައި 10 ވަނަ ދުވަހުގެ20:15 - 23:15 އަށް | 
| ކެމްޕަސް: | މާލެ | 
| ކޯސް ހިންގޭނެ ގޮތް: | ކްލާހަށް ހާޒިރުވެގެން (ފޭސްޓުފޭސް) އަދި އޮންލައިންކޮށް | 
| ކޯހުގެ ފީ: | ހިލޭ | 
| ޖާގައިގެ ޢަދަދު: | 100 (ކްލާސްތަކަށް ހާޒިރުވެގެން 70ޖާގަ އަދި އޮންލައިންކޮށް 30 ޖާގަ) | 
| ވަގުތު/މުއްދަތު: | 3 ގަޑިއިރު | 
| އުމުރުފުރާ: | 16 އަހަރުން މަތި | 
މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޢަރަބި ބަހުގެ މަތީ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ މަގުފަހިވެގެން ދާނެއެވެ.
ނޯޓު: މި ކޯހުގެ ތާވަލު މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
Application Form - Arabic Crash Course
6 މުޙައްރަމް 1447
 
                    