ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢަރަބި ބަހުގެ ކްރޭޝް" ކޯހުގައިބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ 8:00 އިން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ކޯސް އޮންނާނެ ތާރީޚާއި ދަންފަޅި: |
2025 ޖުލައި 10 ވަނަ ދުވަހުގެ20:15 - 23:15 އަށް |
ކެމްޕަސް: |
މާލެ |
ކޯސް ހިންގޭނެ ގޮތް: |
ކްލާހަށް ހާޒިރުވެގެން (ފޭސްޓުފޭސް) އަދި އޮންލައިންކޮށް |
ކޯހުގެ ފީ: |
ހިލޭ |
ޖާގައިގެ ޢަދަދު: |
100 (ކްލާސްތަކަށް ހާޒިރުވެގެން 70ޖާގަ އަދި އޮންލައިންކޮށް 30 ޖާގަ) |
ވަގުތު/މުއްދަތު: |
3 ގަޑިއިރު |
އުމުރުފުރާ: |
16 އަހަރުން މަތި |
މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޢަރަބި ބަހުގެ މަތީ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ މަގުފަހިވެގެން ދާނެއެވެ.
ނޯޓު: މި ކޯހުގެ ތާވަލު މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
Application Form - Arabic Crash Course
6 މުޙައްރަމް 1447