ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިލެކްޓްރީޝަން

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ކ. ތިލަފުށި

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ކަރަންޓާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތައް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.                                 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:                         

  • މަރާމާތުގެ މަސައްކަތްތަކުގައި އެކުލެވޭ ކަރަންޓުގެ މަސައްކަތްތައް ކުރުން.                               
  • ޕްރޮޖެކްޓްތަކާއި ހަވާލުކުރެވޭ މަސައްކަތްތައް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.               
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
  • މަސައްކަތުގެ މާހައުލުގައި ރަނގަޅު ކުރަންޖެހޭކަމެއްވާނަމަ ސުޕަވައިޒަރަށް އަންގާ އެކަމަށް ހައްލުހޯދުން.                             
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ކަރަންޓްވައިރުކުރުމުގެ އިތުރުން ޕްލަންބިންގ ފަދަ މެއިންޓެނަންސް އާއި ގުޅުންހުރި އިތުރު މަސައްކަތްތައް ދަންނަ ފަރާތްތަކަށް މިމަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.

 

މުސާރަ: 12,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

.............................................................................................................................

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 30 ޖޫން 2025 ވާ  ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 

ޕޯޓަލް ލިންކު:  (jobs.hdc.mv)

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

 

23 ޖޫން 2025
ހޯދާ