ދިވެހިރާއްޖެ
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ކ. ތިލަފުށި
ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމު ފެންވަރު ހުރުމާއިއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ކަރަންޓާއިބެހޭ އެންމެހާ މަސައްކަތްތައްކޮށް، ޕްރޮޖެކްޓްތައް ނިންމަންޖެހޭ ސުންގަޑިއަށް ނިންމުމުގައި އެހީތެރިވެދިނުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- މަރާމާތުގެ މަސައްކަތްތަކުގައި އެކުލެވޭ ކަރަންޓުގެ މަސައްކަތްތައް ކުރުން.
- ޕްރޮޖެކްޓްތަކާއި ހަވާލުކުރެވޭ މަސައްކަތްތައް ދެވޭ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުން.
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން، މިކަމަށް ހެދިފައިވާ ގަވާއިދެއް ވާނަމަ އެގަވާއިދުތަކަށް ބޯލަނބާ، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުން.
- މަސައްކަތުގެ މާހައުލުގައި ރަނގަޅު ކުރަންޖެހޭކަމެއްވާނަމަ ސުޕަވައިޒަރަށް އަންގާ އެކަމަށް ހައްލުހޯދުން.
- ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ކަރަންޓްވައިރުކުރުމުގެ އިތުރުން ޕްލަންބިންގ ފަދަ މެއިންޓެނަންސް އާއި ގުޅުންހުރި އިތުރު މަސައްކަތްތައް ދަންނަ ފަރާތްތަކަށް މިމަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
މުސާރަ: 12,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.............................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު: (jobs.hdc.mv)
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.
|