ދިވެހިރާއްޖެ
މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އަދި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތުމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:
މި ކައުންސިލުން ބަލަހައްޓާ މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އާއި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތުކުރުމުގެ މަސައްކަތް އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)343/343/2025/18 (18 ޖޫން 2025) އިޢުލާނަށް އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.
މި ކައުންސިލުން ބަލަހައްޓާ 2 މިސްކިތުގައި ކުރަންހުރި ބައެއްމަރާމާތުތައް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2025 ޖޫން 30ވާ ހޯމަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2025 ޖޫން 30ވާ ހޯމަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.
ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.
ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.
18 ޖޫން 2025