މަސައްކަތް
ނަންބަރު: (IUL)343-AS/343/2025/23
ޕަބްލިޝްކުރި ތާރީޚް: 18 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 30 ޖޫން 2025 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އަދި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އަދި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތުމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މި ކައުންސިލުން ބަލަހައްޓާ މަސްޖިދުއްތަޤްވާ (ހުކުރުމިސްކިތް) އާއި މަސްޖިދުލްއީޘާރި (ކުޑަމިސްކިތް) 2 މިސްކިތުގެ ބައެއްމަރާމާތުކުރުމުގެ މަސައްކަތް އިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)343/343/2025/18 (18 ޖޫން 2025) އިޢުލާނަށް އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އަލުން އިޢުލާންކުރަމެވެ.

މި ކައުންސިލުން ބަލަހައްޓާ 2 މިސްކިތުގައި ކުރަންހުރި ބައެއްމަރާމާތުތައް މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2025 ޖޫން 30ވާ ހޯމަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2025 ޖޫން 30ވާ ހޯމަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.

ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 666 0900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

18 ޖޫން 2025

18 ޖޫން 2024