ދިވެހިރާއްޖެ
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ތިނަދޫ ސިޓީ
GS-26/IUL/2025/20ނަންބަރ:
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އަހަރީ އިނާމް ދިނުމަށްޓަކައި ޝީލްޑް އާއި ޓްރޮފީ އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
މި މަރުކަޒުގެ އަހަރީ އިނާމް ދިނުމަށްޓަކައި ޝީލްޑް އާއި ޓްރޮފީ އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS-26/IUL/2025/18(04 ޖޫން 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ކޮންމެހެން ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ، އެ ކޯޓޭޝަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒުގެ އީ-މެއިލް: [email protected] އަށް މަސައްކަތް ކުރެވޭނެ އަގު (ކޯޓޭޝަން) މެއިލްއަށް ނުވަތަ މި ސްކޫލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ 9972577 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.
- 1. ހޯދަން ބޭނުންވާތަކެތި
105 ޓްރޮފީ )ކުދިސައޒްގެ(
4 ޝީލްޑް
4 ސޭޝް
- 2. މަޢުލޫމާތު
- ކޯޓޭޝަނާއި އެކު "ސާމްޕަލް ޓްރޮފީގެ ފޮޓޯ" ހުށަހަޅަން ވާނެވެ. މިގޮތުނު މަދުވެގެން 1 ގިނަވެގެން 3 ސާމްޕަލް ހިމަނަން ވާނެވެ. އަދި މީގެ އިތުރުން މެޓީރިއަލް ބަޔާންކުރަން ވާނެވެ.
- ކޯޓޭޝަނާއި އެކު "ސާމްޕަލް ޝީލްޑް ގެ ފޮޓޯ" ހުޝަހަޅަން ވާނެވެ. މިގޮތުނު މަދުވެގެން 1 ގިނަވެގެން 3 ސާމްޕަލް ހިމަނަން ވާނެވެ. އަދި މީގެ އިތުރުން މެޓީރިއަލް ބަޔާންކުރަން ވާނެވެ.
- ޓްރޮފީގައި ނޭމް ޓެގް (ނަމޫނާ އާއި އެއްގޮތަށް) ހަރުކޮށްފައި ހުންނަންވާނެވެ.
- ޝީލްޑްގައި ލިޔަން ޖެހޭ "އިބާރާތް" ލިޔެވިފައި ހުންނަން ޖެހޭނެވެ.
- ސޭޝް ތައްޔާރު ކުރަނީ މިމަރު ކަޒުންދޭ ނަމޫނާއި އެއްކޮތަށެވެ. މިގޮތުން ތައްޔާރުކުރާ ސޭޝްގެ މެޓީރިއަލް ބަޔާންކުރަން ވާނެވެ.
- ކޯޓޭޝަނުގައި އަގު ހުށަހަޅުއްވާ އިރު ކޮންމެ އައިޓަމެއްގެ އަގު ވަކިން އެގެން އޮންނަންނަންވާނެވެ.
- ކޯޓޭޝަނުގައި މި ތަކެތި ތައްޔާރުކޮށް ސަޕްލައި ކޮށްދެވޭނެ މުއްދަތު އެގެން އޮންނަންވާނެވެ.
- ކޯޓޭޝަނާއި އެކު ވިޔަފާރި ރަޖިސްޓްރީ އެޓޭޗް ކުރެވިފައި އޮންނަންވާނެވެ.
- 3. އެންމެ ރަގަޅު ފަރާތެއް ހޯދުމުގައި ބަލާނެ ކަންތައްތައް
- ތަކެތީގެ އަގު: 75 މާކްސް
- މުއްދަތު : 15 މާކްސް
- ތަޖްރިބާ: 10 މާކްސް ( ވޭތުވެދިޔަ 3 އަހަރު ، 2022 އިން 2024 އށް) ކޮށްފައިވާ މިފަދަ މަސައްކަތްތަކަށެވެ.
4. ކޯޓޭޝަން ބާތިލް ކުރެވޭނެ ކަންތައްތައް
- ހުށަހަޅާ ކޯޓޭޝަން 35000.00 (ތިރީސް ފަސްހާސް ރުފިޔާ)އަށް ވުރެ ބޮޑުވެއްޖެ ނަމަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.
- ކޯޓޭޝަނުގައި ހިމަނަން ބުނެފައިވާ މަޢްލޫމާތެއް މަދުވެއްޖެނަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.
- ކޯޓޭޝަނާއި އެކު ހުށަހަޅަން ބުނެފައިވާ އެންމެހާ ތަކެތި ހުށަނާޅާނަމަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.
12 ޖޫން 2025