މަސައްކަތް
ނަންބަރު: GS-26/IUL/2025/20
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 17 ޖޫން 2025 14:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަހަރީ އިނާމް ދިނުމަށްޓަކައި ޝީލްޑް އާއި ޓްރޮފީ އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

 

ގދ. އަތޮޅު ތަޢުލީމީ މަރުކަޒު            

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

    ތިނަދޫ ސިޓީ                                               

 

GS-26/IUL/2025/20ނަންބަރ:

                                   

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

 

އަހަރީ އިނާމް ދިނުމަށްޓަކައި ޝީލްޑް އާއި ޓްރޮފީ  އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

           މި މަރުކަޒުގެ އަހަރީ އިނާމް ދިނުމަށްޓަކައި ޝީލްޑް އާއި ޓްރޮފީ  އަދި ސޭޝް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS-26/IUL/2025/18(04 ޖޫން 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ކޮންމެހެން ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ، އެ ކޯޓޭޝަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖޫން 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒުގެ އީ-މެއިލް: [email protected] އަށް މަސައްކަތް ކުރެވޭނެ އަގު (ކޯޓޭޝަން) މެއިލްއަށް ނުވަތަ މި ސްކޫލަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ މަޢުލޫމާތު ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ 9972577 ނަންބަރ އަށް ގުޅުއްވުން އެދެމެވެ.

  1. 1.      ހޯދަން ބޭނުންވާތަކެތި

     105 ޓްރޮފީ  )ކުދިސައޒްގެ(

     4   ޝީލްޑް

     4   ސޭޝް

  1. 2.       މަޢުލޫމާތު
  • ކޯޓޭޝަނާއި އެކު  "ސާމްޕަލް ޓްރޮފީގެ ފޮޓޯ" ހުށަހަޅަން ވާނެވެ. މިގޮތުނު މަދުވެގެން 1 ގިނަވެގެން 3 ސާމްޕަލް ހިމަނަން ވާނެވެ. އަދި މީގެ އިތުރުން މެޓީރިއަލް ބަޔާންކުރަން ވާނެވެ.
  • ކޯޓޭޝަނާއި އެކު "ސާމްޕަލް ޝީލްޑް ގެ ފޮޓޯ" ހުޝަހަޅަން ވާނެވެ. މިގޮތުނު މަދުވެގެން 1 ގިނަވެގެން 3 ސާމްޕަލް ހިމަނަން ވާނެވެ. އަދި މީގެ އިތުރުން މެޓީރިއަލް ބަޔާންކުރަން ވާނެވެ.
  • ޓްރޮފީގައި ނޭމް ޓެގް (ނަމޫނާ އާއި އެއްގޮތަށް) ހަރުކޮށްފައި ހުންނަންވާނެވެ.
  • ޝީލްޑްގައި ލިޔަން ޖެހޭ "އިބާރާތް" ލިޔެވިފައި ހުންނަން ޖެހޭނެވެ. 
  • ސޭޝް ތައްޔާރު ކުރަނީ މިމަރު ކަޒުންދޭ ނަމޫނާއި އެއްކޮތަށެވެ. މިގޮތުން ތައްޔާރުކުރާ ސޭޝްގެ މެޓީރިއަލް ބަޔާންކުރަން ވާނެވެ.
  • ކޯޓޭޝަނުގައި އަގު ހުށަހަޅުއްވާ އިރު ކޮންމެ އައިޓަމެއްގެ އަގު ވަކިން އެގެން އޮންނަންނަންވާނެވެ.
  • ކޯޓޭޝަނުގައި މި ތަކެތި ތައްޔާރުކޮށް ސަޕްލައި ކޮށްދެވޭނެ މުއްދަތު އެގެން އޮންނަންވާނެވެ.
  • ކޯޓޭޝަނާއި އެކު ވިޔަފާރި ރަޖިސްޓްރީ އެޓޭޗް ކުރެވިފައި އޮންނަންވާނެވެ.
  1. 3.      އެންމެ ރަގަޅު ފަރާތެއް ހޯދުމުގައި ބަލާނެ ކަންތައްތައް 
  • ތަކެތީގެ އަގު:  75 މާކްސް
  • މުއްދަތު :    15  މާކްސް
  • ތަޖްރިބާ:    10 މާކްސް ( ވޭތުވެދިޔަ 3 އަހަރު ، 2022 އިން 2024 އށް) ކޮށްފައިވާ މިފަދަ މަސައްކަތްތަކަށެވެ.

4. ކޯޓޭޝަން ބާތިލް ކުރެވޭނެ ކަންތައްތައް

  • ހުށަހަޅާ ކޯޓޭޝަން 35000.00 (ތިރީސް ފަސްހާސް ރުފިޔާ)އަށް ވުރެ ބޮޑުވެއްޖެ ނަމަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.
  • ކޯޓޭޝަނުގައި ހިމަނަން ބުނެފައިވާ މަޢްލޫމާތެއް މަދުވެއްޖެނަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.
  • ކޯޓޭޝަނާއި އެކު ހުށަހަޅަން ބުނެފައިވާ އެންމެހާ ތަކެތި ހުށަނާޅާނަމަ ކޯޓޭޝަން ބާތިލް ކުރެވޭނެވެ.

 

12 ޖޫން 2025

 

 

12 ޖޫން 2025