ދިވެހިރާއްޖެ
ވަޒީފާ އަދާ ކުރަންޖެހޭ ތަން: ކ. ކުޑަގިރި
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.
ޖުމްލަކޮށް މަޤާމުގައި ކުރަންޖެހޭ މަސައްކަތް
އެކުލަވާލެވިފައިވާ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެންމެހާކަންކަން ކުރުން.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- ކުޑަގިރީގެ އިމާރާތްތަކާއި މެހެމާނުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
- ރަށަށް އަންނަ މެހެމާނުންގެ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ކަމާބެހޭ މިންގަނޑުތަކާއި ގަވާއިދުތަކަށް ފެތޭތޯ ބެލުން.
- ރަށަށް އަންނަ މެހެމާނުންގެ އަމަލުތަށް ހުރީ ކުޑަގިރީގެ އުސޫލުތަކާ އެއޮގޮތްވާގޮތައްތޯ ބެލުން.
- ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ސެކިއުރިޓީ ޑްރިލްތަކުގައި ބައިވެރިވުން.
- ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، ހެދިފައިވާ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމާއި ވިލަރެސްކުރަންޖެހޭ ފަރާތްތަކާއިއެކު އެންމެ ފުރިހަމައަކަށް ވިލަރެސްކޮށް މައްސަލަ ހައްލުކުރުމުގައި އެޙީތެރިކަން ފޯރުކޮށްދިނުން.
- މާޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ފަތަން ދަންނަ ފަރާތެއް ކަމުގައިވުން.
- ކުއްލި ފަރުވާ ދޭންއެނގޭ ފަރާތެއްކަމުގައިވުން.
- ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.