ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2025/99
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 11 ޖޫން 2025 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓަންޓް (Security Assistant)

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ކ. ކުޑަގިރި

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.

ޖުމްލަކޮށް މަޤާމުގައި ކުރަންޖެހޭ މަސައްކަތް

އެކުލަވާލެވިފައިވާ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އެންމެހާކަންކަން ކުރުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  • ކުޑަގިރީގެ އިމާރާތްތަކާއި މެހެމާނުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ރަށަށް އަންނަ މެހެމާނުންގެ ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ކަމާބެހޭ މިންގަނޑުތަކާއި ގަވާއިދުތަކަށް ފެތޭތޯ ބެލުން.
  • ރަށަށް އަންނަ މެހެމާނުންގެ އަމަލުތަށް ހުރީ ކުޑަގިރީގެ އުސޫލުތަކާ އެއޮގޮތްވާގޮތައްތޯ ބެލުން.
  • ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ސެކިއުރިޓީ ޑްރިލްތަކުގައި ބައިވެރިވުން.
  • ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، ހެދިފައިވާ އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމާއި ވިލަރެސްކުރަންޖެހޭ ފަރާތްތަކާއިއެކު އެންމެ ފުރިހަމައަކަށް ވިލަރެސްކޮށް މައްސަލަ ހައްލުކުރުމުގައި އެޙީތެރިކަން ފޯރުކޮށްދިނުން.
  • މާޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ފަތަން ދަންނަ ފަރާތެއް ކަމުގައިވުން.
  • ކުއްލި ފަރުވާ ދޭންއެނގޭ ފަރާތެއްކަމުގައިވުން.
  • ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން. 
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މުސާރަ: 10,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ ވަޒީފާގެ އެއްބަސްވުން އެކުލަވާލެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ވަޒީފާ ދާއިމީ ކުރުމުގެ ނިންމުން ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމެން ކައިރިވުމުން، މަސައްކަތުގެ ފެންވަރާއި އެހެނިހެން ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.)

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 11 ޖޫން 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 

ޕޯޓަލް ލިންކު:  (jobs.hdc.mv)

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

03 ޖޫން 2025