ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ލ.ކުނަހަންދޫ މަސްޖިދުލް ނަޙްޟާ ( ކުޑަ މިސްކިތް)ގެ 4 އޭ.ސީ އާއި މަސްޖިދުލް މުސްޢަބު ބިން ޢުމައިރު (ބޮޑު މިސްކިތް) ގެ 8 އޭ.ސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން މި އިދާރާގެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށަހަޅާނަމަ ފޮނުވާނީ  [email protected] މެއިލަށެވެ. މި މަސައްކަތައް އެދި ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު 9995970 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެއެވެ.

 ކޯޓޭޝަނާއި ގުޅޭ މައުލޫމާތު

  1. މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  2. ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
  3. މަސައްކަތަށް ބެނުންވާ ހުރިހާ ތަކެއްޗެއް ހޯދުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ.
  4. މިމަސައްކަތަކީ ލ. ކުނަހަންދޫ ކުޑަ މިސްކިތުގައި ހުރި 6 އޭސީ މަރާމާތުކޮށް ސާރވިސްކޮށް ހަރުކުރުން.
  5. މަސައްކަތްކުރާ ފަރާތުން މަސައްކަތް ކުރުމުގެ ތެރޭގައި އުފެދޭކުނި ނަގައިތަން ސާފުކުރަންވާނެއެވެ.
  6. މިސްކިތުގެ ތެރޭގައި މަސައްކަތް ކުރަންވާނީ ހުރިހާ ވަގުތެއްގައިވެސް ޖަމާއަތުގައި ނަމާދުކޮށް ނިމުނުންމުންނެވެ.
  7. މިމަސައްކަތާއި ގުޅިގެން މިސްކިތުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ވަގުތަކުވެސް ބަންގި ގޮވުމުގެ 30 މިނެޓުގެ ކުރިން މަސައްކަތް ހުއްޓާލައި މަސައްކަތުގެ ސާމާނުތައްނަގައި ނަމާދަށް މިސްކިތް ސާފުކުރުމަށް ފުރުޞަތުދޭންވާނެއެވެ.
  8. އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ބަޔާންކޮށްފައިވާ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ، ޖުމްލަ އަގު 0.005 ގުނަކުރުމުން ލިބޭ އަދަދު  މަސައްކަތް ނުނިމި ލަސްވާ ކޮންމެދުވަހަކަށް ޖުމްލަ އަގުން އުނިކުރެވޭނެއެވެ.

މަރާމާތުކުރަން ބޭނުންވާ ތަކެތީގެ ތަފްޞީލް

#

ތަފްޞީލް

1

އޮކްސް 18000 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)

2

ޓޮސޮޓް 18000 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)

3

ހައިސެންސް 2400 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)

4

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)

5

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

6

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

7

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

8

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

9

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

10

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

11

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

12

ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)

ކޯޓޭޝަން ކާމިޔާބު ކުރާ ފަރާތް ކަޑައެޅުން  (ޕޮއިންޓް ދިނުން)

 

 

 

 

 

1.

އަގު

ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)

%65

Summited price /benchmark price x allocated percentage

2.

މުއްދަތު

ހުށަހަޅާ މުއްދަތު (ކުރު މުއްދަތައް ގިނަ މާކްސް ލިބޭ އުޞޫލުން)

 

 

Summited price /benchmark price x allocated percentage

3

ވެރެންޓީ

ވޮރެންޓީއަށް ޕޮއިންޓް ދެވޭނީ މަރާމާތުކުރެވޭ އޭސީތަކަށް ދިމާވާ ހުރިހާ މައްސަލައެއް ހައްލުކޮށްދީ ބެލެހެއްޓުމަށް ހުށަހަޅާ ކޮންމެ މަހަކަށް 1 ޕޮއިންޓެވެ. އެގޮތުން ވޮރެންޓީގެ ގޮތުގައި ހުށަހަޅާ 12މަސް ދުވަހާއި ހަމައަށް މިބަޔަށް ޕޮއިންޓް ދެވޭނެއެވެ.

 

-

4

ތަޖުރިބް

ތަޖްރިބާގެ ގޮތުގައި ބަލާނީ މިމަސައްކަތުގެ ދާއިރާގައި ކޮށްފައިވާކަމައް ބަޔާކޮށް ހުށަހަޅާފައިވާ 15000.00 (ފަނަރަހާސް ރުފިޔާ ) އިން މަތީގެ މަސައްކަތަކަށް  ދޫކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ޖޫރިމަނާނުވެ، ފުރިހަމަ ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުންތަކަށެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ދެވޭނީ 2 ޕޮއިންޓެވެ. ޕޮއިންޓް ދެވޭނީ ގިނަވެގެން 4 ލިޔުމަށެވެ.

%8

-

ހުށައަޅަން ޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ ކޯޓޭޝަން ( ކޯޓޭޝަންގައި އަގާއި މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތާއި ވޮރެންޓީގެ ގޮތުގައި  މުއްދަތު ހުށަހަޅާނަމަ އެމުއްދަތު އަދި މަސައްކަތުގެ ތަފްޞީލް ބަޔާންކޮއްފައި އޮންނަންވާނެ )
  2. ހުށަހަޅާ ފަރާތުގެ ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.
  3. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ލިޔުން.
  4. ތަޖުރިބާގެ ލިޔުންތައް ( މިފަދަ ލިޔުންތައް ހުށަނާޅާނަމަ މިބަޔަށް ޕޮއިންޓް ނުދެވޭނެ)

 ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި ޢިއުލާން ކުރީމެވެ.

05 ޛުލްހިއްޖާ  1446

01 ޖޫން 2025
ހޯދާ