ދިވެހިރާއްޖެ
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ލ.ކުނަހަންދޫ މަސްޖިދުލް ނަޙްޟާ ( ކުޑަ މިސްކިތް)ގެ 4 އޭ.ސީ އާއި މަސްޖިދުލް މުސްޢަބު ބިން ޢުމައިރު (ބޮޑު މިސްކިތް) ގެ 8 އޭ.ސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން މި އިދާރާގެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ކޮޓޭޝަން ހުށަހަޅާނަމަ ފޮނުވާނީ [email protected] މެއިލަށެވެ. މި މަސައްކަތައް އެދި ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި ކައުންސިލްގެ ނަންބަރު 9995970 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެއެވެ.
ކޯޓޭޝަނާއި ގުޅޭ މައުލޫމާތު
- މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
 - ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
 - މަސައްކަތަށް ބެނުންވާ ހުރިހާ ތަކެއްޗެއް ހޯދުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ.
 - މިމަސައްކަތަކީ ލ. ކުނަހަންދޫ ކުޑަ މިސްކިތުގައި ހުރި 6 އޭސީ މަރާމާތުކޮށް ސާރވިސްކޮށް ހަރުކުރުން.
 - މަސައްކަތްކުރާ ފަރާތުން މަސައްކަތް ކުރުމުގެ ތެރޭގައި އުފެދޭކުނި ނަގައިތަން ސާފުކުރަންވާނެއެވެ.
 - މިސްކިތުގެ ތެރޭގައި މަސައްކަތް ކުރަންވާނީ ހުރިހާ ވަގުތެއްގައިވެސް ޖަމާއަތުގައި ނަމާދުކޮށް ނިމުނުންމުންނެވެ.
 - މިމަސައްކަތާއި ގުޅިގެން މިސްކިތުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ވަގުތަކުވެސް ބަންގި ގޮވުމުގެ 30 މިނެޓުގެ ކުރިން މަސައްކަތް ހުއްޓާލައި މަސައްކަތުގެ ސާމާނުތައްނަގައި ނަމާދަށް މިސްކިތް ސާފުކުރުމަށް ފުރުޞަތުދޭންވާނެއެވެ.
 - އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ބަޔާންކޮށްފައިވާ މުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ، ޖުމްލަ އަގު 0.005 ގުނަކުރުމުން ލިބޭ އަދަދު މަސައްކަތް ނުނިމި ލަސްވާ ކޮންމެދުވަހަކަށް ޖުމްލަ އަގުން އުނިކުރެވޭނެއެވެ.
 
މަރާމާތުކުރަން ބޭނުންވާ ތަކެތީގެ ތަފްޞީލް
| 
 #  | 
 ތަފްޞީލް  | 
| 
 1  | 
 އޮކްސް 18000 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)  | 
| 
 2  | 
 ޓޮސޮޓް 18000 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)  | 
| 
 3  | 
 ހައިސެންސް 2400 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)  | 
| 
 4  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް ނަޙްޟާ)  | 
| 
 5  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 6  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 7  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 8  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 9  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 10  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 11  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
| 
 12  | 
 ހައިސެންސް 1800 ބީ.ޓީ.ޔޫ (މަސްޖިދުލް މުސްޢަބު ބިން ޢުމައިރު)  | 
ކޯޓޭޝަން ކާމިޔާބު ކުރާ ފަރާތް ކަޑައެޅުން (ޕޮއިންޓް ދިނުން)
| 
 
  | 
 
  | 
 
  | 
 
  | 
 
  | 
| 
 1.  | 
 އަގު  | 
 ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)  | 
 %65  | 
 Summited price /benchmark price x allocated percentage  | 
| 
 2.  | 
 މުއްދަތު  | 
 ހުށަހަޅާ މުއްދަތު (ކުރު މުއްދަތައް ގިނަ މާކްސް ލިބޭ އުޞޫލުން) 
  | 
 Summited price /benchmark price x allocated percentage  | 
|
| 
 3  | 
 ވެރެންޓީ  | 
 ވޮރެންޓީއަށް ޕޮއިންޓް ދެވޭނީ މަރާމާތުކުރެވޭ އޭސީތަކަށް ދިމާވާ ހުރިހާ މައްސަލައެއް ހައްލުކޮށްދީ ބެލެހެއްޓުމަށް ހުށަހަޅާ ކޮންމެ މަހަކަށް 1 ޕޮއިންޓެވެ. އެގޮތުން ވޮރެންޓީގެ ގޮތުގައި ހުށަހަޅާ 12މަސް ދުވަހާއި ހަމައަށް މިބަޔަށް ޕޮއިންޓް ދެވޭނެއެވެ.  | 
 -  | 
|
| 
 4  | 
 ތަޖުރިބް  | 
 ތަޖްރިބާގެ ގޮތުގައި ބަލާނީ މިމަސައްކަތުގެ ދާއިރާގައި ކޮށްފައިވާކަމައް ބަޔާކޮށް ހުށަހަޅާފައިވާ 15000.00 (ފަނަރަހާސް ރުފިޔާ ) އިން މަތީގެ މަސައްކަތަކަށް ދޫކޮށްފައިވާ ލިޔުންތަކުގެ ތެރެއިން ޖޫރިމަނާނުވެ، ފުރިހަމަ ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުންތަކަށެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ދެވޭނީ 2 ޕޮއިންޓެވެ. ޕޮއިންޓް ދެވޭނީ ގިނަވެގެން 4 ލިޔުމަށެވެ.  | 
 %8  | 
 -  | 
ހުށައަޅަން ޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ ކޯޓޭޝަން ( ކޯޓޭޝަންގައި އަގާއި މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތާއި ވޮރެންޓީގެ ގޮތުގައި މުއްދަތު ހުށަހަޅާނަމަ އެމުއްދަތު އަދި މަސައްކަތުގެ ތަފްޞީލް ބަޔާންކޮއްފައި އޮންނަންވާނެ )
 - ހުށަހަޅާ ފަރާތުގެ ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.
 - ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ލިޔުން.
 - ތަޖުރިބާގެ ލިޔުންތައް ( މިފަދަ ލިޔުންތައް ހުށަނާޅާނަމަ މިބަޔަށް ޕޮއިންޓް ނުދެވޭނެ)
 
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި ޢިއުލާން ކުރީމެވެ.
05 ޛުލްހިއްޖާ 1446