އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީދު ކުޅިވަރު 1446

މިރަށުގައި މި އަހަރުވެސް އަލްހާއީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.

1 – މަސްރޭސް  (1 ވަނަ ޓީމްއަށް -/5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ/ 1 ވަނަ ކެޔޮޅު -/4000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ފިލާ)

2 – ފިރިހެން ވާދެމުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)

3 – އަންހެން ވާދެމުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)

4 – ފިރިހެން ފައިގަތަޅާ ކުޅުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)

5 – އަންހެން ފައިގަތަޅާ ކުޅުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)

            މިމުބާރާތް ތައްކުޅެވޭނެގޮތުގެ ޤަވާއިދު މިއިއުލާނާއެކު އާންމުކުރީމެވެ.

            ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

            މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. އަދި މީގެ އިތުރުން މިފޯމް މިމުބާރާތްތަކުގެ ޤަވާއިދާއެކު ގެޒެޓްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.  

28 މޭ 2025
ހޯދާ