ދިވެހިރާއްޖެ
މިރަށުގައި މި އަހަރުވެސް އަލްހާއީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.
1 – މަސްރޭސް (1 ވަނަ ޓީމްއަށް -/5000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ/ 1 ވަނަ ކެޔޮޅު -/4000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ފިލާ)
2 – ފިރިހެން ވާދެމުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)
3 – އަންހެން ވާދެމުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)
4 – ފިރިހެން ފައިގަތަޅާ ކުޅުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)
5 – އަންހެން ފައިގަތަޅާ ކުޅުމުގެ މުބާރާތް (ޗެމްޕިއަން ޓީމް -/2000 ރުފިޔާގެ ފައިސާގެ އިނާމް އަދި ޓްރޮފީ / ރަނަރއަޕް ޓީމް އަށް ހަނދާނީ ފިލާ)
މިމުބާރާތް ތައްކުޅެވޭނެގޮތުގެ ޤަވާއިދު މިއިއުލާނާއެކު އާންމުކުރީމެވެ.
ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 02 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. އަދި މީގެ އިތުރުން މިފޯމް މިމުބާރާތްތަކުގެ ޤަވާއިދާއެކު ގެޒެޓްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.