ދިވެހިރާއްޖެ
1. ހއ. އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި އޮތް، 2500 އަކަފޫޓުގެ 03 ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް، ބިން ގަތުމަށް އެދި ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
2. ބީލަން އުޞޫލުން މި ބިންތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 26 މެއި 2025 އިން 10 ޖޫން 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/PEernDMev6
3. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވުން އެދެމެވެ.
4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
5. ބީލަން ފޮތާއި ފޯމްތައް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.