ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)245-MIM/245/2025/77
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 12 ޖޫން 2025 13:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން އުޞޫލުން ބިން ގަތުމަށް ފުރުޞަތު ހުޅުވާލުން

1. ހއ. އުލިގަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި އޮތް، 2500 އަކަފޫޓުގެ 03 ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް، ބިން ގަތުމަށް އެދި ބީލަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

2. ބީލަން އުޞޫލުން މި ބިންތައް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏26‏ މެއި‏ 2025 އިން ‏10‏ ޖޫން‏ 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/PEernDMev6

3. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏10‏ ޖޫން‏ 2025‏ ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވުން އެދެމެވެ.

4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏12‏ ޖޫން‏ 2025‏ ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5. ބީލަން ފޮތާއި ފޯމްތައް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

26 މޭ 2025