ދިވެހިރާއްޖެ
ވ.ތިނަދޫގައި މިއަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ހިންގާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
|
ތާރީޚް |
ގަޑި |
ތަން |
މައުލޫމާތު ސާފުކުރުން |
27 މެއި 2025 |
13:00 |
އިދާރާއަށް ހާޒިރުވެގެން، ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ |
އަގު ހުށަހެޅުން |
03 ޖޫން 2025 |
11:00 |
ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ |
- ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700604 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
- ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 27 މެއި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރުދުންނަށެވެ.
އިތުރު މަޢުލޫމާތު:
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ،
ފޯން: 6700604، އީމެއިލް: [email protected]