މަސައްކަތް
ނަންބަރު: (IUL)358/PRIV/2025/2
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 03 ޖޫން 2025 11:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ހިންގާދޭނެ ފަރާތެއް ހޯދުން

ވ.ތިނަދޫގައި މިއަހަރުގެ އަޟްހާ ޢީދުގެ ހަރަކާތްތައް ހިންގާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

 

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

27 މެއި 2025

13:00

  އިދާރާއަށް ހާޒިރުވެގެން،

ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

03 ޖޫން 2025

11:00

ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700604 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 27 މެއި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރުދުންނަށެވެ.

އިތުރު މަޢުލޫމާތު

ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ، ވ.ތިނަދޫ، ދިވެހިރާއްޖެ،

ފޯން: 6700604، އީމެއިލް: [email protected] 

25 މޭ 2025