ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކޯސްތަކަށް އިޢުލާން ކުުރުން

އިޢުލާން

 

2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 29 މޭ 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު  courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް  portal.mnu.edu.mvގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:

Application announcement 2025 - Term 2

 

 

މެރިޓް އުސޫލުން (ކުރިން ލިބިފައިވާ ތަޢުލީމީ ނަތީޖާތަކަށް ޕޮއިންޓް ދީގެން)ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ލިސްޓް:

 

  1. ބެޗްލަރ އޮފް ފިޒިއޯތެރަޕީ – ކ. މާލެ
  2. އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
  3. އެޑްވާންސްޑް ޑިޕްލޮމާ އިން ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
  4. ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ ، ހދ. ކުޅުދުއްފުށި

 

ނޯޓް: އޮގަސްޓު 2025 ގެ އިންޓޭކަށްފަހު، ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ސީ) ޕްރޮގްރާމް އިތުރަށް ހިންގުމަށް ހަމަޖެހިފައި ނުވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

24 ޛުލްޤައިދާ 1446

22 މޭ 2025
ހޯދާ