ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 29 މޭ 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mvގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2025 - Term 2
މެރިޓް އުސޫލުން (ކުރިން ލިބިފައިވާ ތަޢުލީމީ ނަތީޖާތަކަށް ޕޮއިންޓް ދީގެން)ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ލިސްޓް:
- ބެޗްލަރ އޮފް ފިޒިއޯތެރަޕީ – ކ. މާލެ
- އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
- އެޑްވާންސްޑް ޑިޕްލޮމާ އިން ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ.ހިތަދޫ
- ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ބީ) – ކ. މާލެ ، ހދ. ކުޅުދުއްފުށި
ނޯޓް: އޮގަސްޓު 2025 ގެ އިންޓޭކަށްފަހު، ބެޗްލަރ އޮފް ނަރސިންގ (އޮޕްޝަން ސީ) ޕްރޮގްރާމް އިތުރަށް ހިންގުމަށް ހަމަޖެހިފައި ނުވާ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
24 ޛުލްޤައިދާ 1446