ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގައި ބޭނުން ކުރަމުންދާ ބެޓެރި ޓްރައިސިކަލް (ބަގީ ، ރަޖިސްޓްރީ ނަންބަރ: C3A1734) ނީލަން ކިޔުން

 

 

 

 

 

 

އިޢުލާން

 

ކައުންސިލްގައި ބޭނުން ކުރަމުންދާ ބެޓެރި ޓްރައިސިކަލް (ބަގީ ، ރަޖިސްޓްރީ ނަންބަރ: C3A1734) ނީލަން ކިޔުން

 

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގައި ބޭނުންކުރަމުންދާ ބެޓެރި ޓްރައިސިކަލް ( ބަގީ ، ރަޖިސްޓްރީ ނަންބަރ C3A1734)  ނީލަން ކިޔުމަށް  ކައުންސިލުން  ހަމަޖައްސައިފީމެވެ. ނީލަން  ފެށޭ   އަގަކީ 5000   (ފަސްހާސް) ރުފިޔާއެވެ. މިކަމަށް އެދޭ ފަރާތްތަކުން 1000 ( އެއްހާސް ) ރުފިޔާއަށްވުރެ ކުޑަނޫން ޢަދަދެއް ނުވަތަ އެއަށްވުރެ ބޮޑުޢަދަދެއްލިޔެ ސިޓީއަކުން ފީއަލީ ކައުންސިލް އިދާރާއަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ނީލަމުގެ އަގު އިތުރުކުރަންވާނީ ހާހުން ހާހުން އަގު ހަމަވާ ގޮތަށެވެ. އަގު ހުށައަޅާއިރު  މިގޮތުގެ މަތިން ސިޓީ ހުށައެޅޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

1

ސިޓީ ހުށައެޅޭނެ ތަނާއި ގަޑި:

28 މެއި 2025 އިން 01 ޖޫން 2025 ށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:30 ށް ފީއަލީ ކައުންސިލް އިދާރާއަށް

2

ހުށައަޅާ ސިޓީ އަދިފައިސާގެ ޢަދަދު  ޢާއްމުކުރުން:

ކޮންމެ ދުވަހަކު ހުށައަޅާ ސިޓީގައިވާ ފައިސާގެ ޢަދަދު، މީހާގެ މަޢުލޫމާތު އެނގޭގޮތަށް ކޮންމެ ދުވަހެއްގެ 14:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑް އިން ފެންނާނެހެން ޢާއްމުކުރެވޭނެވެއެވެ.

3

ސިޓީހުށައެޅޭނެ އެންމެ ފަހު ތާރީޚް:

މިއިދާރާއަށް ސިޓީ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ: 01 ޖޫން 2025 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

       

           އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 9959786 އަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށް ދަންނަވަމެވެ.

 

21   މެއި 2025

23 ޛުލްޤައިދާ 1446

 

 

 

މޫސާ އަޙްމަދު

ފީއަލީ ކައުންސިލްގެ ރައީސް

 

 

21 މޭ 2025
ހޯދާ