ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގައި ބޭނުން ކުރަމުންދާ ބެޓެރި ޓްރައިސިކަލް (ބަގީ ، ރަޖިސްޓްރީ ނަންބަރ: C3A1734) ނީލަން ކިޔުން |
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގައި ބޭނުންކުރަމުންދާ ބެޓެރި ޓްރައިސިކަލް ( ބަގީ ، ރަޖިސްޓްރީ ނަންބަރ C3A1734) ނީލަން ކިޔުމަށް ކައުންސިލުން ހަމަޖައްސައިފީމެވެ. ނީލަން ފެށޭ އަގަކީ 5000 (ފަސްހާސް) ރުފިޔާއެވެ. މިކަމަށް އެދޭ ފަރާތްތަކުން 1000 ( އެއްހާސް ) ރުފިޔާއަށްވުރެ ކުޑަނޫން ޢަދަދެއް ނުވަތަ އެއަށްވުރެ ބޮޑުޢަދަދެއްލިޔެ ސިޓީއަކުން ފީއަލީ ކައުންސިލް އިދާރާއަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ނީލަމުގެ އަގު އިތުރުކުރަންވާނީ ހާހުން ހާހުން އަގު ހަމަވާ ގޮތަށެވެ. އަގު ހުށައަޅާއިރު މިގޮތުގެ މަތިން ސިޓީ ހުށައެޅޭނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
1 |
ސިޓީ ހުށައެޅޭނެ ތަނާއި ގަޑި: |
28 މެއި 2025 އިން 01 ޖޫން 2025 ށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:30 ށް ފީއަލީ ކައުންސިލް އިދާރާއަށް |
|
2 |
ހުށައަޅާ ސިޓީ އަދިފައިސާގެ ޢަދަދު ޢާއްމުކުރުން: |
ކޮންމެ ދުވަހަކު ހުށައަޅާ ސިޓީގައިވާ ފައިސާގެ ޢަދަދު، މީހާގެ މަޢުލޫމާތު އެނގޭގޮތަށް ކޮންމެ ދުވަހެއްގެ 14:00 ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑް އިން ފެންނާނެހެން ޢާއްމުކުރެވޭނެވެއެވެ. |
|
3 |
ސިޓީހުށައެޅޭނެ އެންމެ ފަހު ތާރީޚް: |
މިއިދާރާއަށް ސިޓީ ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ: 01 ޖޫން 2025 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. |
|
އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 9959786 އަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށް ދަންނަވަމެވެ.
21 މެއި 2025
23 ޛުލްޤައިދާ 1446
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް