މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
IMFINZI (durvalumab) އިންޖެކްޝަން 500mg/10ml އާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 ޞިއްޙީ ވުޒާރާ

މާލެ،  

ދިވެހިރާއްޖެ

                                                                                                             (IUL)182-REG/23/2025/4 :ނަންބަރު                                                                                                                               

   އިޢުލާން

                                     

ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެއް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް WHO ގެ އެލާޓް ނަންބަރު RPQ/REG/ISF/Alert No3/2025 އިން ވަނީ އެލާޓް ކުރައްވާފައެވެ. 

WHO  ގެ މިއެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ ފޯލްސިފައިޑް އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.

  

IMFINZI (durvalumab) injection 500mg/10ml Product Name
Catalent Indiana, LLC, USA  (AstraZeneca)    Stated Manufacturer
Türkiye Islamic Republic of Iran Islamic Republic of Iran Identified In
AVZT BBEG BAZR  # Batch
12-2026 12-2025 03-2025 Expiry date

 

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.

 

އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.    

 

15 މޭ 2025
ހޯދާ