ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޞިއްޙީ ވުޒާރާ
މާލެ،
ދިވެހިރާއްޖެ
(IUL)182-REG/23/2025/4 :ނަންބަރު
އިޢުލާން
ކެންސަރު ބައްޔަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ IMFINZI (durvalumab) އިންޖެކްޝަން 500mg/10ml ފޯލްސިފައިޑް 3 ބެޗެއް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާއި ތުރުކިޔޭ ގައި ދައުރު ވަމުންދާ ކަމަށް WHO ގެ އެލާޓް ނަންބަރު RPQ/REG/ISF/Alert No3/2025 އިން ވަނީ އެލާޓް ކުރައްވާފައެވެ.
WHO ގެ މިއެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ ފޯލްސިފައިޑް އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.
IMFINZI (durvalumab) injection 500mg/10ml | Product Name | ||
Catalent Indiana, LLC, USA (AstraZeneca) | Stated Manufacturer | ||
Türkiye | Islamic Republic of Iran | Islamic Republic of Iran | Identified In |
AVZT | BBEG | BAZR | # Batch |
12-2026 | 12-2025 | 03-2025 | Expiry date |
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯރޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.