ދިވެހިރާއްޖެ
އިޢުލާން
1146 އައްޑޫ އީދި ސަމާ ވައުދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން
1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން، "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން، މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ " ފޯރި ދެމުން" ވައު ދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. އަންހެން ފިރިހެން ދެ ޖިންސް ވަކިން ޓީމްތައް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގައި އޮފީސްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކާއި، ކްލަބްތަކާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ޓީމްތައް ބައިވެރި ކުރެވޭނެއެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 2025 މެއި 27 ވާ އަންގާރ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު އަދި މުބާރާތުގެ ޤަވާޢިދު ތިރީގައިވާ ލިންކް އިން ލިބިލައްވާނެއެވެ.
https://forms.gle/HzMATnBPrRqfFwwS7
16 ޛުލްޤަޢިދާ 1446
14 މެއި2025