ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1A/426/2025/324
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2025
ޕަބްލިޝްކުރި ގަޑި: 18:20
ސުންގަޑި: 27 މޭ 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "އައްޑޫ އީދިސަމާ 1446" ހަރަކާތްތަކުގެ ތެރެއިން މީދޫ އަވަށު އޮފީހުން ބާއްވާ ވައުދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން

އިޢުލާން

 

1146 އައްޑޫ އީދި ސަމާ ވައުދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން

1446  ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން، "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން، މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ " ފޯރި ދެމުން" ވައު ދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ. އަންހެން ފިރިހެން ދެ ޖިންސް ވަކިން ޓީމްތައް ބައިވެރިވެވޭ ގޮތަށް ފުރުސަތު ހުޅުވާލެވިފައިވާ މިމުބާރާތުގައި އޮފީސްތަކާއި، މުއައްސަސާތަކާއި، ކުންފުނިތަކާއި، ކްލަބްތަކާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ޓީމްތައް ބައިވެރި ކުރެވޭނެއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 2025 މެއި 27 ވާ އަންގާރ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.  މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު އަދި މުބާރާތުގެ ޤަވާޢިދު ތިރީގައިވާ ލިންކް އިން ލިބިލައްވާނެއެވެ.

https://forms.gle/HzMATnBPrRqfFwwS7

16 ޛުލްޤަޢިދާ 1446

14 މެއި2025

14 މޭ 2025