ދިވެހިރާއްޖެ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން 15 އޭޕްރިލް 2025 ގައި ކުރެވިފައިވާ "ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު" މި އިޢުލާނާ ގުޅިގެން ފޯމް ހުށަހެޅުމުގެ މުއްދަތު 29 މޭ 2025 ގެ 14:00 ގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.
ކުރިން ކުރެވިފައިވާ އިއުލާނުގައިވާ "މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު"ގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގެ ފަރާތުން ތައްގަނޑު ޖެހުމަށް ހިމަނާފައިވާ ބައިގައި، އެ އޮތޯރިޓީގެ ތައްގަނޑު ޖަހަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
އަދި ތައްގަނޑު ޖެހުމުގެ ބަދަލުގައި، އެ އޮތޯރިޓީގެ “Application Form for Recognition of the Intended Program”
މި ފޯމް ފުރިހަމަ ކުރުމަށްފަހު، އެ އޮތޯރިޓީއަށް ހުށަހެޅުމުން ލިބޭ ޖަވާބާއިއެކު، މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމު އަދި މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފޯމް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފޯމް Application Form for Recognition of the Intended Program: https://mqa.gov.mv/storage/uploads/pDqKkyqO/dyk3waoo.pdf
ކުރިން ކުރެވިފައިވާ އިއުލާނުގެ ލިންކު: https://www.gazette.gov.mv/iulaan/336016