މޯލްޑިވްސް ޒަކާތު ހައުސް
ދިވެހިރާއްޖެ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު


 1. ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތު

ސްކޮލަރޝިޕް ދެވޭ ދާއިރާތަކާއި މަރުކަޒު އަދި ދެވޭ އަދަދު

ޤައުމު

މަރުކަޒު

ލެވެލް

ކޯހުގެ ނަން

ފުރުޞަތުގެ އަދަދު

ދިވެހިރާއްޖެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (IUM) / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (MNU)

މާސްޓަރސް (ލެވެލް 09)

މާސްޓަރ އޮފް އަރޓްސް އިން ޤުރުއާނިކް ސައިންސެސް

6

މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން

3

އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް (eMIF by INCEIF)

5

މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ

3

މާސްޓަރ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް

3

މެލޭޝިއާ

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (IIUM) / ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ (USIM) / އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) / ޔުނިވަރސިޓީ އޮފް މަލާޔާ

ޑިގްރީ (ލެވެލް 07)

ބެޗެލަރސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް

2

މާސްޓަރސް (ލެވެލް 09)

މާސްޓަރ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް / މާސްޓަރސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް

2

މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން

1

މާސްޓަރ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް

1

މާސްޓަރ އޮފް އިސްލާމިކް ސައިންސް

1

ޕީ.އެޗްޑީ (10)

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ

1

ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް

1

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް

1

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް

1

ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް

2

ޑޮކްޓަރ އޮފް ފިލޯސޮފީ  އިން ޝަރީއާ އެންޑް ލޯ

2

ބުރުނާއީ

ޔުނިވަރސިޓީ ބުރުނާއި ދާރުއްސަލާމް (UBD)

މާސްޓަރސް (ލެވެލް 09)

މާސްޓަރސް އޮފް އާޓްސް އިން އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް

1

ޕީ.އެޗްޑީ (10)

ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް

1

 

 


2. ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތު

  • އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
  • ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވުން
  • އިޢުލާނާއެކު އަޕްލޯޑްކުރެވިފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެންޓްރީ ކްރިއިޓީރިއާއަށް ފެތޭ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ވެލިޑޭޓްކުރާ މަރުކަޒަކުން ހަދަން ބޭނުންވާ ކޯހަކަށް ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ފެތޭ ފަރާތެއް ކަމުގައިވުން.
  • ފުލްޓައިމް ކޯހެއްގައި، ތަޢުލީމު ހާސިލުކުރުމަށް އެދޭ ދަރިވަރެއް ކަމުގައިވުން އަދި ކުރިމަތިލުމަށް އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރެއްގެ ކޯހެއްކަމުގައިވުން.
  • ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތަކީ ދިވެހި ސަރުކާރުން / ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ / ނުވަތަ ސްޓޫޑެންޓް ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާ ދަރިވަރެއްކަމުގައި ނުވުން، ނުވަތަ ޒަކާތު ފަންޑުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
  • މަތީ ތަޢުލީމު ހާސިލުކުރުމަށް މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ ޚާއްޞަ ހާލަތެއް މެދުވެރިވެގެން މެނުވީ އެ ލޯނުގެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން ނުވަތަ ގަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.
  • މަތީ ތަޢުލީމާބެހޭ ދައުލަތުގެ ވުޒާރާއިން ބްލެކްލިސްޓުކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓު ކޮށްފައިވާ ދަރިވަރެއް ކަމުގައި ނުވުން.
  • ސްކޮލަރޝިޕް ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ޤައުމަކުން ފުރިހަމަކުރާ ކޯހެއްކަމުގައިވުން
  • ސްކޮލަރޝިޕް ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ދާއިރާއެއްގެ ކޯހެއްކަމުގައިވުން


 3
. ހުށަހަޅަންޖެހޭ ތަކެތި (ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތު)

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:                                          

  • ޒަކާތު ފަންޑު ސްކޮލަރޝިޕަށް އެދޭ ފޯމުގެ ޗެކްލިސްޓުގައި ހިމެނޭ އެންމެހާ ލިޔެކިޔުންތައް.                    
  • ދަރިވަރު ތައުލީމު ޙާސިލްކުރި އިންސްޓިޓިއުޓްތަކުގެ ގްރޭޑިންގ ކްރައިޓީރިއާ އަދި ޓްރާންސްކްރިޕްޓްތައް ހުށަހަޅަންވާނެއެވެ.       

4. ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތުގެ ދަށުން ދެވޭ އެހީ

ޚާއްސަ ސްކޮލަރޝިޕް ދެވޭ ދާއިރާތަކާއި މަރުކަޒު އަދި ދެވޭ އަދަދު

ޤައުމު

މަރުކަޒު

ލެވެލް

ކޯހުގެ ނަން

ފުރުޞަތުގެ އަދަދު

މިސްރު

އަލް އަޒްހަރް ޔުނިވަރސިޓީ

-

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް (ސްޓައިޕްންޑް)

5

ސަޢުދީ ޢަރަބިއްޔާ

އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، ކިންގް ޚާލިދް ޔުނިވަރސިޓީ،

-

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް (ސްޓައިޕްންޑް)

5

ސާކް ޤައުމުތައް

-

ސުޕަރ ސްޕެޝަލައިޒޭޝަން

ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ (ޓިއުޝަން ފީ)

1

ޕީޑިއެޓްރިކް ނިއުރޮލޮޖީ (ޓިއުޝަން ފީ)

1

ނިއުރޮލޮޖީ (ޓިއުޝަން ފީ)

1

 

 

 5. ޚާއްސަ ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތު

 5.1 ޓިއުޝަން ފީއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް

  • އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
  • ކިޔެވުމުގެ މާލީ ފުދުންތެރިކަން ނެތް ފަރާތެއް ކަމުގައިވުން
  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއްކަމުގައި ވުމާއެކު އެ ކޯހަކީ ޕްރެކްޓިސްކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ކޯހެއް ކަމުގައި ވުން.
  • ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތަކީ ދިވެހި ސަރުކާރުން ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާއަކުން ނުވަތަ އެހެން ފަރާތެއްގެ ހިލޭ އެހީ ނުވަތަ ސްޓޫޑެންޓް ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ހަމަޖެހިފައިވާ ފަރާތެއްކަމުގައި ނުވުން، ނުވަތަ ޒަކާތު ފަންޑުގެ ސްކޮލަރޝިޕެއްގައި ކިޔަވަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • މަތީ ތަޢުލީމު ހާސިލުކުރުމަށް މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ ޚާއްޞަ ހާލަތެއް މެދުވެރިވެގެން މެނުވީ އެ ލޯނުގެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން ނުވަތަ ޤަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.
  • މަތީ ތަޢުލީމާބެހޭ ދައުލަތުގެ ވުޒާރާއިން ބްލެކްލިސްޓުކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓު ކޮށްފައިވާ ދަރިވަރެއް ކަމުގައި ނުވުން.
  • ޓިއުޝަންފީ ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ޤައުމަކުން ފުރިހަމަކުރާ ކޯހެއްކަމުގައިވުން
  • ޓިއުޝަންފީ ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ދާއިރާއެއްގެ ކޯހެއްކަމުގައިވުން

ނޯޓް: މިބައިގެ ދަށުން، ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނާއި އަލަށް ތަޢުލީމު ޙާޞިލްކުރުމަށް އެދޭ ދަރިވަރުންނަށް އެހީއަށް އެދި ހުށަހެޅޭނެއެވެ.

 5.2 ސްޓައިޕެންޑްއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް

  • އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން
  • ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއްކަމުގައި ވުމާއެކު އެ ކޯހަކީ ޕްރެކްޓިސްކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ ކަމާބެހޭ އިދާރާއަކުން ގަބޫލުކުރާ ކޯހެއް ކަމުގައި ވުން.
  • މަތީ ތަޢުލީމު ހާސިލުކުރުމަށް މީގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ލޯނުގެ އެހީއެއް ލިބިފައިވާ ދަރިވަރެއް ނަމަ ޚާއްޞަ ހާލަތެއް މެދުވެރިވެގެން މެނުވީ އެ ލޯނުގެ ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން ނުވަތަ ޤަވާއިދުން ފައިސާ ދައްކަމުންދާ ދަރިވަރެއްކަމުގައިވުން.
  • މަތީ ތަޢުލީމާބެހޭ ދައުލަތުގެ ވުޒާރާއިން ބްލެކްލިސްޓުކުރާ އެއްވެސް އުސޫލަކުން ބްލެކްލިސްޓު ކޮށްފައިވާ ދަރިވަރެއް ކަމުގައި ނުވުން.
  • ސްޓައިޕެންޑް ދެވޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ޤައުމެއްގައި ކިޔަވަމުންދާ ފަރާތެއް ކަމުގައިވުން.


 6
. ހުށަހަޅަންޖެހޭ ތަކެތި (ޚާއްސަ ސްކޮލަރޝިޕް – ޓިއުޝަން ފީ އަދި ސްޓައިޕެންޑް އެހީއަށް އެދޭ ފަރާތްތަކަށް)

 ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:                                          

  • ޒަކާތު ފަންޑު ސްކޮލަރޝިޕަށް އެދޭ ފޯމުގެ ޗެކްލިސްޓުގައި ހިމެނޭ އެންމެހާ ލިޔެކިޔުންތައް.                    
  • ދަރިވަރު ތައުލީމު ޙާސިލްކުރި އިންސްޓިޓިއުޓްތަކުގެ ގްރޭޑިންގ ކްރައިޓީރިއާ އަދި ޓްރާންސްކްރިޕްޓްތައް
  • އެހީއަށް އެދި ހުށަހަޅަނީ ފުރިހަމަކުރަމުންދާ ކޯހަކަށް ނަމަ، ފާއިތުވި ސެމެސްޓަރތަކުގެ ޓްރާންސްކްރިޕްޓުތައް
  • ޓިއުޝަން ފީ ދެއްކުމަށް އެހީއަށް އެދި ހުށައަޅާނަމަ ކޯހުގެ ފީ ސްޓްރަކްޗަރ         

 


 7. އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން ކޯހަށް އެދޭ ކޮންމެ ދަރިވަރަކުވެސް ހުށަހަޅަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.
  • މި ސްކޮލަރޝިޕް ސްކީމުގެ ދަށުން ކޮންމެ ދަރިވަރަކަށްވެސް ދެވޭނީ އެއް ފުރުޞަތެވެ.
  • ކޯހުގެ ޕްލޭސްމަންޓް ހޯދުމަށްޓަކައި ޕްރީ-ރިކުއެސްޓް ކޯހެއް ނުވަތަ ފައުންޑޭޝަން ކޯހެއް ނުވަތަ ކޯސް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މޮޑިއުލްތަކެއް ހުރި އެއްވެސް ކޯހެއް ހެދުމަށް ސްކޮލަރޝިޕްގެ ދަށުން އެހީއެއް ނުދެވޭނެއެވެ.
  • އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓު ސްކޮލަރޝިޕްއަށް ހޮވިއްޖެނަމަ، ހުށަހެޅި ލިޔެކިޔުންތަކުގެ އަސްލު މި އިދާރާއަށް ފަހުން ހުށަހަޅަން އަންގައިފިނަމަ، އެ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
  • ހުށަހަޅާ ސެޓުފިކެޓުތަކަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.
  • މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕް އަދި މަތީ ތައުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
  • އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.
  • މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމް (އިއުލާނުގެ 1 ވަނަ ބައިގައިވާ ކޯސްތަކަށް): https://zakathouse.gov.mv/documents/14636/
  • މަތީ ތައުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފޯމް (އިއުލާނުގެ 4 ވަނަ ބައިގައިވާ ކޯސްތަކަށް): https://zakathouse.gov.mv/documents/14640/
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020260 އަށް ގުޅުއްވުމަށް ދަންނަވަމެވެ.                      

 

15 އެޕްރީލް 2025
ހޯދާ