މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޙްޔިއްދީން ސުކޫލަށް ހަތަރު އޭސީ ގަނެ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މުޙްޔިއްދީން ސްކޫލަށް ހަތަރު އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 މޭ 2025 އިން 21 މޭ 2025އަށް ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).
- މެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.
ކުންފުނީގެ ނަން:
ޢިއުލާން ނަންބަރު:
ޕްރޮޖެކްޓުގެ ނަން:
ގުޅޭނެ ފަރާތުގެ ނަންބަރު:
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 މޭ 2025ވާ ބުދަ ދުވަހުގެ13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ޕްރީ-ބިޑް މީޓިންގ އޮންނާނީ 22 މެއި 2025 ވަނަ ދުވަހުގެ 11:30 ގައި މުޙްޔިއްދީން ސްކޫލުގައެވެ.
5. ބީލަން ހުޅުވުން އޮންނާނީ 02 ޖޫން 2025 ވަނަ ދުވަހުގެ 11:30 ގައި މުޙްޔިއްދީން ސްކޫލްގައެވެ.
6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙްޔިއްދީން ސްކޫލް
މާލެ
ފޯން: 7552792
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
13 މޭ 2025
ހޯދާ