ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MUH/1/2025/51
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 21 މޭ 2025 14:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސުކޫލަށް ހަތަރު އޭސީ ގަނެ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މުޙްޔިއްދީން ސްކޫލަށް ހަތަރު އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  13 މޭ 2025 އިން 21 މޭ 2025އަށް ކޮންމެ ދުވަހަކު 09:00  އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).
  3. މެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

ކުންފުނީގެ ނަން:

ޢިއުލާން ނަންބަރު:

ޕްރޮޖެކްޓުގެ ނަން:

ގުޅޭނެ ފަރާތުގެ ނަންބަރު:

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 މޭ 2025ވާ ބުދަ ދުވަހުގެ13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ޕްރީ-ބިޑް މީޓިންގ އޮންނާނީ 22 މެއި 2025 ވަނަ ދުވަހުގެ 11:30 ގައި މުޙްޔިއްދީން ސްކޫލުގައެވެ.

 5. ބީލަން ހުޅުވުން އޮންނާނީ 02 ޖޫން 2025 ވަނަ ދުވަހުގެ 11:30 ގައި މުޙްޔިއްދީން ސްކޫލްގައެވެ.

 6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. 

 7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

13 މޭ 2025