ދިވެހިރާއްޖެ
މި ރަށުގެ ސިނާއީ މަގުގެ ދެ ފަރާތައް އޮންނަ 50 ފޫޓުގެ ގްރީން ޒޯން ސަރަހައްދުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ގްރީން ޒޯންތަކުގައި މިފަދަ ކަންކަން ކުރުން އެއީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.
ވީމާ، 10 ޖޫން 2025 ގެ ކުރިން އެ ސަރަހައްދުތަކުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި އެ ތަކެތި ނަގަމުން ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އަދި މި މަސައްކަތް ކުރާއިރު ދަނޑުބިމަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ބަދަލު ނުދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
10 ޛުލްޤަޢިދާ 1446ހ
8 މެއި 2025މ