ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2025/63
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 10 ޖޫން 2025 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަގުގެ ދެ ފަރާތައް އޮންނަ 50 ފޫޓުގެ ގްރީން ޒޯން ސަރަހައްދު ސާފުކުރުން.

މި ރަށުގެ ސިނާއީ މަގުގެ ދެ ފަރާތައް އޮންނަ 50 ފޫޓުގެ ގްރީން ޒޯން ސަރަހައްދުގައި  ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ގްރީން ޒޯންތަކުގައި މިފަދަ ކަންކަން ކުރުން އެއީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.

ވީމާ، 10 ޖޫން 2025 ގެ ކުރިން އެ ސަރަހައްދުތަކުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެ ތެރޭގައި އެ ސަރަހައްދުތަކުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި އެ ތަކެތި ނަގަމުން ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  އަދި މި މަސައްކަތް ކުރާއިރު ދަނޑުބިމަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ބަދަލު ނުދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                      

           10 ޛުލްޤަޢިދާ 1446ހ

           8 މެއި 2025މ 

08 މޭ 2025